އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި 100 އެމްއެލް އަށްވުރެ ގިނައިން ދިޔާތަކެތި ނުގެންދެވޭގޮތަށް ހަދައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ބުނެފައިވަނީ އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެކަމަކު މި ބަދަލަށް އަމަލުކުރާނެ ވަކި ތާރީހެއް އަދި ހާމައެއްނުކުރެ އެވެ.
ޑާސާއިން ބުނީ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރާއި ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ ކަމަށެވެ. އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ ކަމަށް ވެސް ބުންޏެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑޮކްޓަރީ ބޭސް ގެންދާއިރު ބޭސް ސިޓީ އޮންނަންޖެހޭނެ ކަމަށެވެ.
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
ފުޅީގައި ވަނީ ވެލިދޫ އަބުޅޯގެ މޮޅު މަސައްކަތެއް!
