ބޮލީވުޑްގެ ޒުވާން އެކްޓަރު ޖާންވީ ކަޕޫރު ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ މީޑިއާގައި ފެތުރެމުން އަންނަ ހަބަރުތައް އޭނާ ދޮގުކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުނީ އޭނާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނާ ހަބަރުތަކެއް ފެނިފައިވާ ކަމަށާއި އެއީ ބޭނުންވާ ގޮތް ނޫން ކަމަށެވެ.
އެގޮތުން ޖާންވީ އިތުރަށް ބުނީ މިވަގުތު އޭނާ ބޭނުންވަނީ ފަރުވާތެރިކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށާއި އެނޫން އެއްވެސް ކަމެއް ރޭވުމުގައި ނެތް ކަމަށެވެ.
ޖާންވީއާއި ޝިއްކަރު ޕާންޑޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ މީޑިއާގައި ހަބަރު ފެތުރިފައިވާއިރު އެކަން އެދެމީހުންކުރެ އެއްވެސް މީހަކު ޔަގީންކޮށްދީފައެއް ނުވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ރިލީޒްވާނެ ޖާންވީގެ ފިލްމަކީ ރާޖްކުމާރް ރާއޯއާއެކު ފެނިގެންދާ މިސްޓަ އެންޑް މިސިސް މާހީ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!