ކުޑަކުއްޖަކަށް ފަރުވާދިނުމުގައި ކުޅުދުއްފުށީ ހޮސްޕިޓަލުން އިހުމާލުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ކުޑަ ކުއްޖަކަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ މައްސަލަ ފެންމަތިވީ އެކުއްޖާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި އެވާހަކަތައް ހިއްސާކުރުމުންނެވެ.
މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުން ދާތީ އުމުރުން 8 މަހުގެ ތުއްތު ކުއްޖަކު ކުޅުދުއްފަށީ ހޮސްޕިޓަލުގެ ޑޮކްޓަރަށް ފަސް ފަހަރެއްގެ މަތިން ވަނީ ދައްކާފަ އެވެ.
ނަމަވެސް ކޮންމެ ފަހަރަކު ވެސް އެއީ އާދައިގެ ކަމެއް ކަމަށް ނިންމައި ކުއްޖާ ވަނީ ގެޔަށް ފޮނުވާލާފަ އެވެ. އާއިލާއިން ބުނީ ހޮސްޕިޓަލުގައި އާދޭސް ކޮށްގެން ޓެސްޓް ހެދުމުން ކުއްޖާއަށް ޑެންގޫ ޖެހިފައިވާކަން އެނގުނު ކަމަށެވެ.
އިތުރު ފަރުވާއަށް ކުޑަކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން އެ ކުއްޖާގެ އަތަށް އައިވީ ގުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ބުނާ ފޮޓޯތަކެއް އެ ކުއްޖާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށްފި
ގޮންޖެހުން ތަކާއެކު ވެސް ކާންޔޭގެ ކާމިޔާބު ކޮންސެޓެއް!
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!