މީހަކު ރަހީނުކޮށް ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ އަންހެނަކާއި 43 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހުން ވެސް 15 ދުވަހު ބަންދު ކުރަން ވަނީ އަމުރު ނެރެފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ބަންދު ކުރި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މީހަކު ކޮޓަރިއަކަށް ވައްދައި، އެމީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރުނު ކަމުގެ ތުހުމަތެވެ. އަދި އިތުރުން ފުލުހުން ހުށަހެޅި ސެކިއުރިޓީ ކެމެރާ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއެކު ތުހުމަތެއް ވުޖޫދުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިފަހުން މީހުން ރަހީނުކޮށް ފޭރޭ މައްސަލަތައް ދަނީ ގިނަވަމުންނެވެ. އެގޮތުން، ހަމަ މިފަދަ ގޮތަކަށް މީހަރު ފޭރުނު ދެ ފިރިހެނުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. އަދި، މިދިޔަ މަހުގެ 25 ވަނަ ދުވަހު ނޭޕާލު މީހަކު ރަހީނުކުރި މައްސަލާގައި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރު ކުރި އެވެ.
ސިކުނޑީގެ ސިއްހަތު އަންގައިދޭ މި އާއްމު 5 ބަދަލަށް ސަމާލުވޭ!
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި
ޕެރަމައުންޓާއި ވާނާ ބްރޯސްގެ އެއްބަސްވުން ކޯޓުން ހުއްޓުވައިފި
