ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރު އޭނާގެ ސޯޝަލް މީޑިއާގައި އެންމެ ފަހުން ހިއްސާކުރި ފޮޓޯއާއެކު އާއްމުން އޭނާގެ ސިއްހަތާމެދު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އަރްޖުން ހިއްސާކުރި އެ ފޮޓޯގައި ފެންނަނީ އޭނާގެ އަތަށް އައިވީ ފުޅިއެއް ގުޅާފައި އޮތް މަންޒަރެވެ. އެހެން ނަމަވެސް އެއީ ކީއްވެ ކަމެއް އަރުޖުން ބުނެފައެއް ނުވެ އެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ފޮޓޯއަކީ ދާދި ފަހުން ހެލްތު އެންޑް ވެލްނެސް ރިސޯޓަކަށް އަރްޖުން ކުރި ދަތުރެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމެވެ.
އަރްޖުންގެ އެ ޕޯސްޓާއެކު ބެލުންތެރިން އޭނާއަށް ވީ ކިހިނެއްތޯ ސުވާލު ކުރަމުން އަންނައިރު ބައެއް މީހުން ވަނީ އަރުޖުންއަށް އަވަސް ޝިފާއަކަށް ވެސް އެދިފަ އެވެ.
އެ ފޮޓޯގެ އިތުރުން ވެސް އަރުޖުން ވަނީ އޭނާގެ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އެކި ދުވަސް މަތިން އާއްމުންނާ ހިއްސާކޮށްފަ އެވެ.
އެމްޓީޑީސީގެ އެމްޑީގެ މަގާމުން ނިޔާޒު ވަކިކޮށްފި
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ތާރީހު ބަދަލު ކުރެވުނީ އާޝާގެ ސަބަބުން: ހެލެން