އަމިއްލަ ދިރިއުޅުމާމެދު އެންމެ ހިތްހަމަޖެހިގެން ދުނިޔޭގައި ދިރިއުޅެނީ އިސްލާމް ދީނަށް ތަބާވާ މުސްލިމުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން، 2019 ވަނަ އަހަރު ޖަރުމަނުގެ ޔުނިވާސިޓީއަކުން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ދުނިޔޭގައި މީހުން ތަބާވާ އެކި ދީންތަކުގެ މީހުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ބަލާފައިވެ އެވެ.
މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުންނަމަ އެހެން ދީންތަކުގެ މީހުންނާ އަޅާކިޔާއިރު މުސްލިމުންގެ އާއްމު ދިރިއުޅުމުގެ ހާލަތު މާ ރަނގަޅެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި އެ ދިރާސާގައި ފާހަގަކޮށްފައިވަނީ މުސްލިމުން އެއްކައުވަންތަ އިލާހެއް ވޮޑިގެންވާ ކަމަށް ގަބޫލު ކުރުމެވެ.
މުސްލިމުންނަށްފަހު އެ ދިރާސާގެ އެންމެ ކުރީގައި ދެން އުޅެނީ ނާސާރާއިންނާއި ޔަހޫދީންނެވެ. އަދި އެއަށްފަހު ހިންދޫންނެވެ.
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ