މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށާއި ބައެއް މިނިސްޓްރީތަކަށް ހޯދަން އެދުނު މައުލޫމާތުތައް ނުދީ ހިފެއްޓުމަށްފަހު އެންމެފަހުން އެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމައިފި އެވެ.
"އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ގާނޫނު އިސްލާހުކުރަން ނިންމީ އެ ގާނޫނު ތަންފީޒު ކުރުމުގައި ޑިމޮކްރެޓިކް ވެށްޓަކަށް ފެއްތުން ކަމަށެވެ. ނަމަވެސް އެއީ ކޮން އިސްލާހުތަކެއް ކަމެއް ތަރުޖަމާނު ވިދާޅެއްނުވެ އެވެ.
ރައީސް އޮފީހާއި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން މައުލޫމާތު ނުދީ ހިފަހައްޓާފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ވީހާވެސް ހާމަކަމާއެކު މައުލޫމާތުތައް ނުފޮރުވައި ހާމަކުރައްވާނެ ކަމަށެވެ.
ރައީސް އޮފީހުން ބައެއް މައުލޫމާތުތައް ނުދީ ހިފަހައްޓާ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. ސަރުކާރުން އެ ގާނޫނު އިސްލާހު ކުރަން ނިންމިކަން ހާމަކުރީ އިންފޮމޭޝަން ކޮމިޝަނަރު އާހިދު އެފަދައިން ވިދާޅުވެފައި ވަނިކޮށެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި ގާނޫނު އިސްލާހު ކުރަން ނިންމި ނިންމުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ބާރު ކަނޑުވާލައި ކޮމިޝަނަރަށް ދިން ނުސީދާ އިންޒާރެކެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ޖޭޑީ ވޭންސް އަދި އުޝާއަށް ފިރިހެން ކުއްޖަކު ލިބިވަޑައިގެންފި
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް

ރައްޔިތުން ޒިންމާ ނަގަންޖެހޭނެ، މޮޔަމީހުންގެ އަތަށް ކަނޑި ދިނީމަ ވާނީ މިހެން