ފޭރަކީ ސިއްހަތަށް ވަރަށް ފައިދާހުރި މޭވާއެއް ކަން ގިނަ ބަޔަކަށް އެނގެ އެވެ. ދިވެހިންގެ ރަށްތަކުގައި ފަސޭހައިން ހެދޭ މި މޭވާ ގަހުގެ ފަތަކީ ވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ.
ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ
ފޭރުފަތުގައި އެކުލެވޭ އެންޓި އޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ އާއްމު ބަލިތަކުން ދުރުކޮށްދެ އެވެ.
ހަޖަމު ކުރުން ރަނގަޅު ކޮށްދޭ
ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދޭ މާއްދާއެއް ކަމަށްވާ ފައިބާއަކީ ފޭރުފަތުގައި ގިނަ އަދަދަކަށް އެކުލެވޭ މާއްދާ އެކެވެ.
އެލާޖީތައް ދުރުކޮށްދޭ
އެކި ސަބަބުތަކާހުރެ ދިމާވާ އެލާޖިކް ކެއްސުންތަކުން ރައްކާތެރިވުމަށް ފޭރުފަތް އެހީވެދޭ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކަ އެވެ.
ފޭރުފަތް ރޮލަށް ވެސް ކެވޭއިރު ފެނުގައި ކައްކާ ފުރޭނުމަށްފަހު މާމުއި އެއްކޮށްގެން އޭގެ ފެން ބުއިމަކީ ވެސް މި ފައިދާތައް ލިބޭނެ ކަމެކެވެ.
މާރާމާރީގެ މައްސަލާގައި ކްރިސް ކުށަށް އިއުތިރާފް ވެއްޖެ
މިއީ މިނިވަން ދުވަހުގެ ޖަލްސާއަށް ނުކިޔާ ފުރަތަމަ ފަހަރު: ނަޝީދު
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!