މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމަށް އިނގިރޭސިންގެ ޓީމުން ދަނީ ޓެކްނޮލޮޖީގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. މި ގޮތުން ޓީމުގެ ކޯޗު ގެެރެތް ސައުތްގޭޓް އާއި ޓީމުގެ ބައެއް ކުޅުންތެރިންގެ އަތުގައި ހާއްސަ އަނގޮޓިއެއް އޮންނަ ކަން ނޫސްވެރިންނަށް ވަނީ ފާހަގަވެފަ އެވެ. މި އަނގޮޓިއަކީ ކުރިން ބައެއް ހޮލީވުޑް ސެލެބްރިޓީން ވެސް އެޅި އަނގޮޓިއެކެވެ.
އައޯރާ ކުންފުނިން އުފައްދާފައިވާ މި ޓައިޓޭނިއަމް ސްމާޓް އަނގޮޓިތަކަކީ މީހާގެ ސިއްހަތު މޮނިޓާ ކުރާ އަނގޮޓިއެކެވެ. މި އަނގޮޓިން މިހާގެ ނިދާ މިންވަރާއި ހާޓް ރޭޓާއި ސްޓްރެސް ލެވެލްއާއި އަދި އެކްޓިވިޓީ ލެވެލް ފަދަ ކަންކަން ރިކޯޑްކުރެ އެވެ. އަދި ސްކިން ޓެންޕަރޭޗާ އަދި ބްލަޑް އޮކްސިޖަލް ލެވެލް ވެސް ރިކޯޑް ކުރެ އެވެ.
ބެލެވޭ ގޮތުގައި އިނގިރޭސި ކުޅުންތެރިން މި އަނގޮޓީ ބޭނުން ކުރަނީ ޕާފޯމެންސް ލެވެލް މޮނިޓާ ކުރުމަށެވެ.
އިނގިރޭސި ކޯޗުގެ އިިތުރުން މިޑް ފީލްޑަރު ކޮނޯ ގަލަގާ އަދި ޑިފެންޑަރު ޖޯން ސްޓޯން ވެސް ވަނީ މީގެ އަނގޮޓިއެއް ބޭނުންކުރަމުންނެވެ.
މި އަނގޮޓި އުފެއްދި ކުންފުނީގެ ސީއޯއޯ ޑޮރޮތީ ކިލްރޯއީ ބުނި ގޮތުގައި އިނގިރޭސި ޓީމުން އެ ކުންފުނީގެ ޕްރޮޑަކްޓެއް ބޭނުންކުރުމުން ވަރަށް އުފާވާ ކަމަށް ވަނީ ބުނެފަ އެވެ.
ކޭޝިއަރުންގެ ވަޒީފާއަށް ދިވެހީންނަށް އިސްކަންދެވޭ ގޮތް ހަދަނީ
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!