ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޒަމީރު އެމެރިކާއަށް ފުރާވަޑައިގަތީ ރާއްޖެ އާއި އެމެރިކާގެ ގުޅުން ފުޅާކުރުމުގެ މުހިންމު މަޝްވަރާތަކަކަށް ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަމީރު ކުރައްވާ ރަސްމީ ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކެންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާސްއާ ވެސް މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.
ޒަމީރުގެ ދަތުރުފުޅުގައި ވޮޝިންޓަނާއި ނިއުޔޯކްގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސް ވެރިންނާ ވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
