ހަކުރު ބަލި ތަހައްމަލުކުރާ މީހުންގެ އާއްމު ކެއިން ބުއިމުގައި ހުދުބަތް ބޭނުން ކުރުމާމެދު ޑޮކްޓަރުން އަބަދުވެސް އިންޒާރުދެ އެވެ. ހުދު ބަތަކީ ލޭގައި ހަކުރުގެ މިންވަރު އިތުރުކޮށްދޭ އެއްޗަކަށްވާތީ އެވެ.
އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ ހިންދޫޖާ ހޮސްޕިޓަލުގެ ޗީފް ޑައިޓީޝަން މިވަނީ ބަތަށް ލޯބިކުރާ ހަކުރު ބަލީގެ ބަލިމީހުންނަށް އެ ކެވޭނެ ގޮތެއް ބުނެދީފަ އެވެ. އެގޮތުން ބަތް ކައްކާއިރު ކޮންމެ ލާއްސަކަށް އެއް ސަމުސާ ގިތެޔޮ އެޅުމަކީ ބަތުގައި އެކުލެވޭ ގްލައިމެކް އިންޑެކްސް ދަށްކުރުވާ ކަމެއް ކަމަށް އޭނާ ބުނެ އެވެ.
ގިތެލަކީ ހަށިގަނޑަށް ކާބޮހައިޑްރޭޓްސް އެތެރެ ވުމަށް އެހީވެދޭ "ސަސްޓެއިނަބަލް" އެއްޗެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ. ނަތީޖާއަކަށް ވަނީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްވުމެވެ. އެހެން ނަމަވެސް ބަތަށް ގިތެޔޮ އަޅައިގެން ބޭނުން ކުރުމުގައި ވެސް ސަމާލުވާންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށް އޭނާ ފާހަގަކުރި އެވެ.
ސަބަބެއް ކަމަށް އެ ޑައިޓީޝަން ބުނަނީ ކެލޮރީ ގިނަ އެއްޗަކަށް ވުމުން ބަރުދަން އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ހަކުރު ކޮންޓްރޯލް ނުކުރެވޭ މީހުން މި އުކުޅު ބޭނުންކުރުން ރަނގަޅު ނޫން ކަމަށް ވެސް އޭނާ ބުނެ އެވެ.
އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރުންގެ ލަފާ ހޯދައި އެ ބޭފުޅުންގެ ލަފާގެ މަތިން ކެއިންބުއިން ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
މިރުސް ކޭމަ ކުޅި ވާނެތަ