ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ޖަލްސާއެއް ހިނގަމުން ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން ބަންގީގެ އަޑު އިއްވަން ފަށައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް، މެންދުރު ނަމާދު ވަގުތު ޖެހުމާ އެކު، ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަންގީގެ ވަގުތަށް މަޖިލިސް މެދުކަނޑާލައްވައިފަ އެވެ.
މިއީ މިފަދަ ގޮތަކަށް މަޖިލީހުގެ ރިޔާސަތުން އަމަލު ކުރި ފުރަތަމަ ފަހަރެވެ.
އޭރު މަޖިލިހުގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
ޝުޖާއު ވިދާޅުވީ ބަންގީގެ އަޑު ތަޅުމުގައި ގުގުމައިގެން ދިއުމަކީ އަބްދުއްރަހީމްގެ ރިޔާސަތުގައި ކުރެއްވި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އަބްދުއްރަހީމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
މީގެކުރިން ބަންގީގެ ވަގުތު ޖެހުނު ނަމަވެސް ޖަލްސާ ކުރިއަށް ގެންދެ އެވެ. އެކަމަކު، ނަމާދު ގަޑިއަށް ޓީވީތަކުން ދައްކާ ލައިވް ކަނޑާލަ އެވެ.
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ތިކަން ކުރުމަކުން އަދި މަޖުލިސް މެންބަރުން ސްލޫކު ބަދަލުވީއަކީ ނޫން