ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމދި ޝަފީއު ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ.
ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް ޝަފީއު އައްޔަންކުރީ 2019 ގަ އެވެ.
އޭގެ ކުރިން ރައީސް އޮފީހުގައި 1998 އިން ފެށިގެން 2007ގެ ނިޔަލަށް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސެސް ޔުނިޓުގައި މަސައްކަތް ކުރެއްވި ހާމިދު ވަނީ އިންޓެލެކްސީ ނެޓްވޯކްގެ ސީނިއާ އެންޓަޕްރައިޒް ކޮންސަލްޓެންޓެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ހާމިދުއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަން އިން ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި