މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކުރި ފިރިހެން މީހާ ބަންދުގައި ހުރެ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އޭނާ މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަޔަސް ޝިފާން ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ޝިފާން ވިދާޅުވީ މިވަގުތާ ހަމައަށް އޭނާ ދިރިހުރިކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވާ ކަމަށެވެ.
އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ އަކީ ފުލުހެކެވެ. އެ އަންހެން މީހާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ އެ އަންހެންމީހާގެ ހާލު ބަލާފަ އެވެ.
ރަހީނުކޮށްފައި ވަނީ އެ ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. އެދެމީހުން ދެމެދުގައި ހިނގި ޒުވާބަކަށްފަހު އޭނާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެއިން ނެރެ ސައިކަލްގައި ދިއުމަށް މަސައްކަތް ކޮށްފަ އެވެ.
ނަމަވެސް ވަކި ހިސާބަކުން ފުލުހުން ވަނީ އެމީހާއަށް މުގުރުން ހަމަލާދީ އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދެމީހުނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާލިބުނެވެ.
"ޖޭމްސް ބޮންޑް"ގެ ރޭހަށް ޖޯޖް ކްލޫނީގެ ހޮވުމަކީ މިއީ!
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ފިޔޯރީ ވޯޓު ފޮށި ހަލާކުކޮށްލައިފި
