މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ވީޑިއޯ ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާ ކަމަށެވެ. މި ކޯލުތަކުގައި އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅަމުންދާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އަދި މި ކޯލުތަކުގައި އާންމުންގެ ޒާތީ މައުލޫމާތާއި ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދެއްވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި މިފަދަ ސްކޭމް ކޯލުތަކަށް ސަމާލުވުމަށް ވެސް އިމިގްރޭޝަނުން އިލްތިމާސްކުރެއްވި އެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟