އުސްފަންގަނޑާ ދިމާ ކަނޑުމަތީގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ދިމާލުގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 5:06 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ 62 އަހަރުގެ ހ.ވެލަސްފަރުގެ، އިބްރާހީމް ޖައުހަރީ އެވެ.
އެމީހާ މިހާރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދީފި
އޭއައި އެޖެންޓް ކޮންޓްރޯލު ގެއްލި ކުންފުންޏެއް ހެކްކުރި މައްސަލަ
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!