ޓެކްސްދައްކަން ރަޖިސްޓްރީ ކުރަން ޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މީރާއިން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
މީރާއިން ބުނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓަރީވާންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް އެހީތެރިވުމުގެ ގޮތުން މީރާއިން ހާއްސަ ކެމްޕޭނެއް މިހާރު ކުރިއަށްގެންދާ ކަމަށެވެ. އަދި މިއީ އެއިދާރާއިން މި އަހަރު ތައާރަފްކޮށްފައިވާ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕްލޭންގެ ދަށުން ހިންގާ ހަރަކާތެއް ކަމަށް މީރާއިން ބުންޏެވެ.
މިކެމްޕެއިންގެ މަގްސަދަކީ މީރާއިން ރެޖިސްޓްރީ ކުރަންޖެހޭ ކުންފުނިތައް ރަޖިސްޓްރީ ކުރުމަށް އެހީވުމާ އަދި އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން މިކެމްޕެއިންގެ ތެރެއިން މީރާގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކަށް ފަސޭހަގޮތް ހޯދައިދިނުމަށް ކަނޑައެޅިފައިވާ ކަމަށް މީރާއިން ބުންޏެވެ.
ޓެކްސްގެ ގާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކުން ރަޖިސްރީކުރަން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެ އެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟
