ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އިންޑިއާގެ ސަގާފަތް އުނގަންނައިދޭން އެ ގައުމާއެކު މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި އިންޑިއާއާ ދެމެދު އިއްޔެ ސޮއިކުރި އެމްއޯޔޫއެއް ގައި ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ސަރުކާރުން އެއްބަސްވީ ޔުނިވާސިޓީގައި އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) ގެ ޗެއާއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށް އެ އެމްއޯޔޫގައި ވެ އެވެ.
އައިސީސީއާރްއަކީ އިންޑިއާގެ ސަގާފަތް އެހެން ގައުމުތަކުގައި އުނގަންނައި ދޭން 1950 ގައި އުފެއްދި ތަނެކެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ގައުމިއްޔަތު އިސްކުރައްވާނެ ކަމުގެ ވައުދާއެކު އެވެ. އެކަމަކު އެހެން ގައުމެއްގެ ސަގާފަތް ރާއްޖޭގެ މައި ޔުނިވާސިޓީގައި ކިޔަވައިދޭން އެއްބަސްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އެމަނިކުފާނަށް ދަނީ އަމާޒުވަމުންނެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި އައްޑޫ ސިޓީގައި އިންޑިއާ އެމްބަސީގެ ގޮތްޕެއް ގާއިމްކުރުމަށް ވެސް ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
