ދެކުނުގެ ރަށެއްގައި ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކޮށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މި އަމަލު ހިންގީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުން އަންނަ ދިވެހި ފިރިހެން ޓީޗަރެކެވެ. ގްރޫމްކޮށް ޖިންސީ ގޯނާކުރަން އުޅުނީ ފިރިހެން ދަރިވަރުންތަކަކަށެވެ.
ފުލުހުން ބުނީ ސައުތް ސެންޓްރަލް ޕޮލިސް (މ. ފ. ދ. ތ. ލ) އަތޮޅު ހިމެނޭ ރަށެއްގެ ސްކޫލެއްގައި ވަޒީފާ އަދާކުރާ ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކއި، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައަކީ ކުޑަކުދިންނާއި ގުޅޭ ސީރިއަސް މައްސަލައަކަށްވާތީ ދަރިވަރުންގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެ ކުދިންގެ އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!