ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް މި ސީޒަނަަށް ފަހު އެ ކްލަބުގައި މަޑުކުރާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރެއާލްގެ ކޯޗު ޒިނެދީން ޒިދާން ބުނެފި އެވެ.
ރެއާލްއާއެކު ރާމޮސް، 34، ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. މި ސީޒަނަށް ފަހު ރާމޮސް ރެއާލް ދޫކޮށްލާނެކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
"ތެދަށް ބުނަންޏާ، މި ސީޒަނަށް ފަހު ރާމޮސް ރެއާލްގައި މަޑުކުރާނެކަމެއް އަހަންނަކަށް ނޭނގޭ. އަހަރަމެން ބޭނުންވަނީ އޭނާ މި ޓީމުގައި މަޑުކުރަން. ކޯޗެއްގެ ހައިސިއްޔަތުން އަހަރެން ބުނަން އޮތީ އޭނާ ބަހައްޓަން އަހަރެން ބޭނުންވޭ،" ޒިދާން ބުންޏެވެ.
ރެއާލްއާއެކު ރާމޮސް ހޭދަކޮށްފައިވާ 16 އަހަރުގެ ތެރޭގައި އޭނާ ވަނީ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، އަދި ސްޕެނިޝް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. – ބީބީސީ
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި