އައްޑޫ ސިޓީ އިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ސީމެކްސް ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު ކަމަށެވެ.
އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ބޯޓުގައި އޭނާ ނެތްކަން އެ ބޯޓުގައި ތިބި މީހުންނަށް އެނގުނީ އައްޑޫއިން ފުރައިގެން ގޮސް ފުވައްމުލަކާ އަށް މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް ބޯޓު މީހުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ރާޖް ކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އޭނާ ގެއްލިފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެ އެވެ.
ފުޅީގައި ވަނީ ވެލިދޫ އަބުޅޯގެ މޮޅު މަސައްކަތެއް!
ގައްދޫގައި އެން ދަމަން ފީނި މަސްވެރިއަކު މަރުވެއްޖެ
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟