އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާއަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޖޯޑެކެވެ. އެހެން ނަމަވެސް މި ފަހުން އެ ދެތަރިން ވަނީ އެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ.
އޭގެ ފަހުން އަރުޖުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ މިވަގުތު ހުރީ ހުސްކޮށް ކަމަށް ބުނި ބުނުމަށް މީޑިއާގެ ސަމާލުކަން ލިބުނެވެ. އެންމެ ފަހުން މަލައިކާ ވެސް މިވަނީ އަރުޖުންގެ އެ ބަހަށް ރައްދު ދީފަ އެވެ. ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން މަލައިކާ ވަނީ އޭނާގެ ލޯބީގެ ހަޔާތަށް އަލިއަޅުވާލާފަ އެވެ.
މަލައިކާ ބުނީ އޭނާގެ ލޯބީގެ ހަޔާތުގެ ވާހަކަތަކަކީ އާއްމުކޮށް ފާޅުގައި ދައްކާނެ ވާހަކަތަކެއް ނޫން ކަމަށާއި އެއީ އެންމެންނަށް އެނގެންޖެހޭ ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން މިހާރު މާޒީއިން އަރައިގަނެ ކުރިއަށް ފިޔަވަޅު އަޅަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ވެސް މަލައިކާ ބުނެފައިވެ އެވެ.
މަލައިކާއާއި އަރުޖުން ވަކިވެފައިވަނީ ގާތްގަނޑަކަށް 8 އަހަރު ދުވަހު އެކުގައި އުޅުމަށްފަހު އެވެ. އެ ދެމީހުން ވަކިވި ސަބަބެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
އީރާނުން އެއްބަސްވުމަކަށް ތައްޔާރެއް ނޫން: ޓްރަމްޕް
8 އަހަރުގެ މެދުކެނޑުމަކަށްފަހު ޖޮނީ އެނބުރި ހޮލީވުޑަށް!