މިދިޔަ އޮކްޓޯބަރު މަހު މަރުވި ކުރީގެ މަޝްހޫރު މިއުޒިކް ބޭންޑް "ވަން ޑިރެކްޝަން"ގެ މެމްބަރު ލިއަމް ޕޭންގެ މަރުގެ ހަގީގަތް އެންމެ ފަހުން ހާމަވެއްޖެ އެވެ.
ލިއަމްގެ މަރާ ގުޅިގެން އިނގިރޭސި ވިލާތުން ކުރިއަށް ގެންދިޔަ ތަހުގީގަކަށްފަހު ބޭއްވި ކޯޓު އަޑުއެހުމެއްގައި ބުނެފައިވަނީ ލިއަމް މަރުވީ "ޕޮލިޓްރޯމާ"ގެ ސަބަބުން ކަމަށެވެ.
ޕޮލިޓްރޯމާއަކީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ މީހެއްގެ ހާލަތު ބަޔާން ކުރަން ބޭނުން ކުރެވޭ ބަހެކެވެ. އޭގެ ތެރޭގައި ބޮލަށް ލިބޭ އަނިޔާތަކާއި މައިބަދައަށް ލިބޭ އަނިޔާތައް ވެސް ހިމެނެ އެވެ.
އެ މައްސަލާގައި މިހާތަނަށް ފަސް މީހަކު ހައްޔަރު ކުރެވިފައިވެ އެވެ. އޭގެ ތެރޭގައި ލިއަމް ހުރި ހޮޓަލުގެ މެނޭޖަރާއި މުވައްޒަފަކު ވެސް ހިމެނެ އެވެ.
އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ލިއަމް މަރުވީ އާޖެންޓީނާގެ ބުއޭނޯސް އެއިރޯސް ހޮޓަލުގެ ތިންވަނަ ފަންގިފިލާގެ ބެލްކަންޏަކުން ވެއްޓިގެންނެވެ.
އެ ހާދިސާއަށްފަހު ނޮވެމްބަރު 20ގައި އޮތް ޖަނާޒާގައި ލިއަމްގެ އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން އޭނާގެ ބޭންޑު މެމްބަރުން ވެސް ބައިވެރިވި އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"