މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ނުކުމެ ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ)ގެ އެކި ސަރަހައްދުތައް ސާފުކޮށްފި އެވެ.
"ރޯދަ ސާފު" ޕްރޮގްރާމްއަކީ ސިޓީ މިނިސްޓްރީ އާއި ކަލްޗާ މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެމްއޭސީއެލް އިން ބުނީ މި ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ.
މި ހަރަކާތުގައި އެމްއޭސީއެލްގެ ޓީމްތަކުން ސާފުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހާއްދުތަކެވެ. މިއީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭއްވުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްއޭސީއެލްއިން އަބަދުވެސް އެއާޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއާޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދެ އެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!