ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފުވިކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ ބަހުން ސާފުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ދުސްތޫރީ ނިޒާމުގައި ރައީސަށްވެސް އޮންނަނީ ވަކި ދައުރެއް ކަމަށާއި ކަނޑައެޅިފައިވާ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާއަށް ބޭރަށް ނުދެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިހަކީ ރައްޔިތުންގެ އަޑުއިއްވާ ފަރާތް ކަމަށާއި އެދައުރު ރައީސަކަށް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދައުރު ވަރަށް ތަފާތު ކަމަށާއި ދުސްތޫރީގޮތުން ގާނޫނު އޮތްގޮތް ކަނޑައެޅުމުގެ ސީދާބާރު އެ ކޯޓަށް ދީފައިވާ ކަމަށެވެ. އެގޮތުން ގާނޫނު މާނަކުރުމުގެ ފަހުބަސްބުނާނީ އެ ކޯޓުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިކަން ސުއޫދު ވަނީ ރައީސް މުއިއްޒަށް ވެސް އަންގަވާފަ އެވެ.
ރައީސް މުއިއްޒަށް ފޮނުވި ސިޓީގައި ސުއޫދު ވިދާޅުވީ އެމަނިކުފާނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒުފޯރުވަމުން އަންނަ ކަމަށެވެ.
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
އިންސްޓަންޓް ނޫޑްލްސްއިން ކާނާ ވިހަ ވުމުގެ ރިޕޯޓުތަކެއް!
ސްޕެއިންގެ މޮޅާއެކު މިއާއަށް 1.65 މިލިއަން ޑޮލަރު ލިބިއްޖެ
