ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ޖެޓީގައި އޮންނަ ވަގުތު ތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަށް ޓްރާންސްޕޯސްޓް މިނިސްޓްރީން ލާޒިމްކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަޅުތެރޭގައި އާއި ކަނޑުގެ އެކި ސަރަހައްދުތަކަށް ނަގިލި ލުމަށްފަހު އުޅަނދު ބެލެއްޓުމަށް އެކަށީގެންވާ އަދަދަށް ފަޅުވެރިން ނެތި އުޅަނދު ދޫކޮށްލާފައި އޮތުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ.
އެހެންކަމުން، ކަނޑު އުޅަނދުތައް ފަޅުގައި އަޅާފައި އޮންނަ އިރު ވެސް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމަށް ކޮންމެހެން ލާޒިމް ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަޅުގައި އަޅާފައި އޮންނަ އުޅަނދުފަހަރުގައި ފަޅުވެރިން ތިބުމަކީ މީގެ ކުރިން ލާޒިމް ކަމެއް ނޫނެވެ. މިހާރު އޮތް ގޮތުންނަމަ، ފަޅުވެރިން ނުތިބޭނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދީފި
ކޭޝިއަރުންގެ ވަޒީފާއަށް ދިވެހީންނަށް އިސްކަންދެވޭ ގޮތް ހަދަނީ
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި