ރަމަޟާން މަހުގެ ފަހު ދިހައެއް ކުރިއަށްދާއިރު މި ދުވަސްވަރު މަދީނާގެ މަސްޖިދުލް ނަބަވީގައި 120 ގައުމަކުން 4000 މުސްލިމުން އިއުތިކާފަށް އެބަތިބި ކަމަށް ހަބަރުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އިއުތިކާފަށް މީހުން ތިބެން ހަމަޖެހިފައިވަނީ މިސްކިތުގެ ވަކި ސަރަހައްދު ތަކެއްގަ އެވެ.
އެގޮތުން މިސްކިތުގެ ހުޅަނގު ފުރާޅާއި އިރު އުތުރު ފުރާޅަކީ މިއަހަރު އިއުތިކާފަށް ތިބެން ހަމަޖައްސާފައިވާ ސަރަހައްދުތައް ކަމަށް ދެ ހަރަމާ ބެހޭ އިދާރާއިން ހާމަކުރެ އެވެ.
މަސްޖިދުލް ނަބަވީގައި އިއުތިކާފަށް ތިބޭ މުސްލިމުންނަށް ގިނަ ހިދުމަތްތަކެއް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ސާވިސް ޑެސްކްތަކާއި މެޑިކަލް ކްލިނިކްތަކުގެ އިތުރުން އެކި ބަސްބަހުން ތަރުޖަމާ ކުރުމުގެ ހިދުމަތް ހިމެނެ އެވެ.
މީގެ އިތުރުން ވެސް ދީނީ ދަރުސްތަކާއި ކެއިންބުއިމުގެ އިތުރުން ފޯނު ޗާޖު ކުރުމުގެ އިންތިޒާމުތައް ވެސް އެ މިސްކިތުގައި ހަމަޖެހިފައިވެ އެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސައޫދީ އަރަބިއާގެ ދެ ހަރަމްގައި އިއުތިކާފަށް ތިބޭ މީހުން ނިސްބަތުން އިތުރުވާކަން ފާހަގަކުރެވެ އެވެ.
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!