ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަންޖެހޭނެ މިންވަރު 100 މިލިއަން ޑޮލަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޮޑުކުރައްވައިފި އެވެ.
ޓޫރިޒަމްގެ ގާނޫނު ބުނާގޮތުން، ދައުލަތުގެ އާންމު މަންފާއަށް ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކާއި އަދި އެ މަޝްރޫއުތަކާ ހަވާލުވާ ފަރާތްތަކުން އިންވެސްޓް ކުރަންޖެހޭ އެންމެ މަދު މިންވަރު ރައީސް ކަނޑައަޅުއްވަން ޖެހޭނެ އެވެ. އެ މަޝްރޫއުތައް ހަވާލުކުރާ ފަރާތްތަކުން އިންވެސްޓްމެންޓްގެ އަދަދުތައް ކަނޑައެޅުމުގެ ގަރާރަށް ރައީސް ވަނީ އިސްލާހު ކުރައްވާފަ އެވެ.
މިނިވަންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން ހޭދަކުރަންޖެހޭނެ މިންވަރަކަށް ކުރިން ރައީސް ކަނޑައެޅުއްވީ 15 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަދު އެ ގަރާރަށް ގެނައި އިސްލާހުގައި އެ އަދަދު 100 މިލިއަން ޑޮލަރަށް ވަނީ ބޮޑުކުރައްވާފަ އެވެ.
ރައީސްގެ ގަރާރުގައި ހިމެނިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެއާޕޯޓް ހެދުމާއި ސޯޝަލް ހައުސިން މަޝްރޫއާއި ފަތުރުވެރިކަމުގެ މަޝްރޫއުތައް ހިމެނެ އެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި
