މުއާ އުފުލާ ބޯޓެއްގައި ރޯވެ އަނދައިފި އެވެ.
އެނގިފައިވާގޮތުގައި އެ ބޯޓްގައި ރޯވީ ތ. ކަނޑޫދޫން ބުދާ ބަރުކޮށްގެން ފުރިތަނާ އެވެ. އެ ބޯޓްގައި ތިބި ބައެއް މީހުން ވަނީ ސަލާމަތްކޮށް މާވަށަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓުން ކެޕްޓަނާއެކު ޖުމްލަ 18 މީހުން ދަތުރު ކުރި ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގު މުހައްމަދު،25، ގެއްލިގެން ހޯދަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ބާކީ ތިބި މީހުން ވަނީ ސަލާމަތްކޮށް ކަނޑޫދުއަށް ގެންގޮސްފައެވެ.
"ހޮޅުދޫ ބޯޓް" ނަމަކަށް ކިޔާ އެ ބޯޓް ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް އަނދައިފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
ކެންސަރުގެ ފަރުވާއާ ބެހޭގޮތުން އާއްމުކޮށް ކުރެވޭ ކުށްހީތަކެއް!
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
