ބޮލީވުޑްގެ ފިލްމު ފްރެންޗައިޒް "ކްރިޝް"ގެ ހަތަރުވަނަ ފިލްމާއެކު މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ކްރިޝް 4ގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން މިދިޔަ މަހުގެ ފަހުކޮޅު ޔަގީން ކޮށްދީފައވާއިރު އެ ފިލްްމުގެ ޑައިރެކްޓަރަކަށް އޭނާގެ ދަރިފުޅު ހަމަޖައްސާފައިވާކަން ވެސް އިއުލާންކުރީ ހަމަ އެ ދުވަހު އެވެ.
މި ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ރިތިކް ބުނީ އޭނާގެ އެންމެ ފުރަތަމަ ޑައިރެކްޝަނަލް ފިލްމާމެދު ހިތުގައި ހާސްކަން އުފެދިފައިވާ ކަމަށާއި އެންމެންގެ ސަޕޯޓު އޭނާއަށް ބޭނުންވާ ކަމަށެވެ.
ރިތިކްއަކީ މީގެ ކުރިން ނެރުނު "ކްރިޝް" ފްރެންޗައިޒުގެ ފިލްމުތަކުގައި ވެސް ލީޑު ރޯލުން ފެނިގެންދިޔަ ތަރި އެކެވެ. މީގެ ކުރީގެ ފިލްމުތައް ޑައިރެކްޓްކުރީ ރާކޭޝް އެވެ.
ކްރިޝް 4ގައ ރިތިކްގެ އިތުރުން ނޯރާ ފަތޭހީއާއި ނަވާޒުއްދީން ސިއްދީގީ، ވިވެކް އޮބެރޯއީ އަދި ޕްރިތީ ޒިންތާ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.
2000 ވަނަ އަހަރު ރިލީޒްކުރި "ކަހޯނާ ޕްޔާރުހޭ"އިން ބޮލީވުޑަށް ތައާރަފްވި ރިތިކް ވަނީ އެކްޓަރެއްގެ ގޮތުގައި ވެސް ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.
ކޭޝިއަރުންގެ ވަޒީފާއަށް ދިވެހީންނަށް އިސްކަންދެވޭ ގޮތް ހަދަނީ
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!