ފުލުހުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިއަދު އޮޕަރޭޝަނަލް ޓްރެއިނިން އެކްސަސައިޒެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ބުނެފި އެވެ.
ފުލުހުން ބުނީ، ދިވެހި މި ތަމްރީނު ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން މިއަދު ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.
މި ތަމްރީނުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕެޝަލް ރެސްޕޮންސް ޓީމުތަކުން ބައިވެރިވާއިރު، މިއީ ފުލުހުންގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކޮށް ކޯޑިނޭޝަން ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ފުލުހުން ބުނެ އެވެ.
އެހެންކަމުން ފުލުހުން ވަނީ މި ތަމްރީނުތަކަށް އާއްމުން އެއްބާރުލުން ދިނުމަށާއި މިއީ ރޭވުގެން ކުރިއަށްދާ ތަމްރީނެއް ކަމަށް ވާތީ ކަންބޮޑު ނުވާން އެދިފަ އެވެ.