ފެޝަންއަކީ ވަގުތާއެކު ބަދަލުވާ ކަމެކެވެ. ކޮންމެ އަހަރަކު ވެސް ފެޝަންއަށް އަންނަ ބަދަލުތަކަކީ ފާހަގަ ކުރެވޭ ބަދަލުތަކެކެވެ. މި ލިޔުމުގައި މި ބަލާލަނީ 2025 ވަނަ އަހަރު އެންމެ މަގުބޫލު ބައެއް ފެޝަން ޓްރެންޑްތަކަށެވެ.

1. ހުޑީސް

މެންގޯގެ ހުޑީ ސްވެޓްޝާޓެއް

ބޮލާ އެއްކޮށް ނިވާކުރެވޭ ހުޑީސްއަކީ 2025 ވަނަ އަހަރު އަލުން ފެޝަނަށް އައި ހެދުންތަކެކެވެ. މި ހެދުންތަކާއެކު އޯވާކޯޓު ބޭނުންކުރުން ވެސް މިހާރު ވަނީ އާއްމުވެފަ އެވެ.

2. އޯވާސައިޒްޑް ބޮމްބާ ޖެކެޓް

މެންގޯގެ ބޮމްބާ ޖެކެޓެއް

ހަށިގަނޑުގެ ސައިޒަށްވުރެ ބޮޑުކޮށް ބޭނުންކުރާ މި ރަބަރު ޖެކެޓުތަކަކީ އަންހެނުންގެ މެދުގައި މަގުބޫލު ފެޝަނެކެވެ. މިއީ ހަވީރު ފިންޏަށް ބޭނުންކުރަން ރަނގަޅު "ކެޝުއަލް" ހެދުމެކެވެ.

3. ބޮހޭމިއަން ފްލޯރަލް ހެދުންތައް

މެންގޯގެ ފްލޯރަލް ހެދުމެއް

މާޖެހި ފޮތީގެ ހެދުންތަކަކީ މިހާރަކަށް އައިސް ވައިގައި ހިފާފައިވާ ފެޝަނެކެވެ. ހަވީރުލާ ޓޮޕްކޮޅުތަކުން ފެށިގެން ރަސްމީ ހަފްލާތަކަށް ދާ ހެދުންތަކުން ވެސް މި ފެޝަން އާއްމުކޮށް ފެނެ އެވެ.

4. ޖަމްޕްސޫޓް

މެންގޯގެ ޖަމްޕްސޫޓެއް

އާއްމުކޮށް ޑެނިމް ފޮތިން ފަހާފައި ހުންނަ ޖަމްޕް ސޫޓަކީ ޒުވާން އަންހެނުންގެ މެދުގައި ވަރަބށް މަޝްހޫރު ޓްރެންޑެކެވެ. މިއާއެކު ސްނިކާސް ބޫޓާއި ޓޯޓް ދަބަހެއް ބޭނުން ކުރެވިދާނެ އެވެ.

5. ޕަފްޑް ސްލީވްސް

މެންގޯގެ ޕަފްޑް ސްލީވް ހެދުމެއް

މިއީ ހަވީރީ ހެދުންތަކުގައި ވަރަށް އާއްމުކޮށް ފެންނަ ޑިޒައިނެކެވެ. ފުއްޕި އަތްކުރިއާއެކު ހެދުންތަކަށް ތަފާތު ރީތި ސްޓައިލެއް ގެނެސްދެ އެވެ.

6. އެނިމަލް ޕްރިންޓް

މެންގޯގެ ޓައިގާ ޕްރިންޓް ހެދުމެއް

ދެހާހުގެ ކުރީކޮޅު ވައިގައި ހިފުމަށްފަހު ފަނޑުވެފައި އޮތް އެނިމަލް ޕްރިންޓް މިވަނީ ތަފާތުތަކާއެކު އަލުން ފެޝަންއަށް އައިސްފަ އެވެ. މިހާރު ފެޝަން ބްރޭންޑްތަކުގެ އެންމެ މަގުބޫލު ޑިޒައިންތަކުގެ ތެރޭގައި ހިމެނޭ ޑިޒައިނެކެވެ.

2025ގެ އެންމެ ޒަމާނީ ފަހުގެ ފެޝަން އައިޓަމްސް މެންގޯގެ މާލެ އައުޓްލެޓުން ލިބެން ހުންނާނެ އެވެ.