ރައީސް މުޙައްމަދު މުއިއްޒު އިޒްރޭލު ޕާސްޕޯޓު ހިފެހެއްޓުމުގެ ނިންމުން ނިންމެވީ ދީނީ އިލްމުވެރިން ބިރުދެއްކުމުންކަމަށް 'ހަސަން ކުރުސީ' އައިޑީ ނަމުގައި އެކްސްގައި ހިންގާ އެކައުންޓުން ބުނެފި އެވެ.

ކުރުސީ އައިޑީގެ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އިޒްރޭލު ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ބޮޑު މުޒާހަރާއެއް ކުރާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ރައީސް މުއިއްޒު ވަނީ އެކަމަށް ބިރުފުޅުގަނެ، އެ ފަރާތްތަކުގެ ޑިމާންޑަށް ބޯލަންބުއްވާފަ އެވެ. އަދި ރައީސް މުއިއްޒުގެ ވިސްނުންފުޅު ހަރުކަށި ފިކުރުތަކުގެ ބާރުގެ ދަށުގައިވާ ކަމަށްވެސް ކުރުސީ އައިޑީން ވަނީ ތުހުމަތުކޮށްފަ އެވެ.

އިޒްރޭލްގެ މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އަދި މިދިޔަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލް މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ.

މި ބިލު މަޖިލީހުން ފާސްކުރުމާއެކު ރައީސް މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ކުރައްވާފަ އެވެ.