ދުނިޔޭގެ ވިޔަފާރި ނިޒާމު މިހާރު ވަނީ ނާޒުކު ހާލަތެއްގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ޓެރިފްތަކުގެ ސަބަބުން ދުނިޔޭގައި ވިޔަފާރި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އުފެދިފައިވެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ފުޅާ ދާއިރާއެއްގައި ތަންފީޒުކުރެވޭ ބޮޑެތި ޓެރިފްތަކެއް އިއުލާނުކޮށްފަ އެވެ. މި ޓެރިފްތަކުގެ ސަބަބުން އެހެން ގައުމުތަކުން އެމެރިކާއާ ދެކޮޅަށް ބަދަލު ހިފުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރުވެސް ބައެއް ގައުމުތަކުން ވަނީ އެމެރިކާއަށް އަމާޒުކޮށް އިތުރު ޓެރިފްތަކެއް ތަޢާރަފުކޮށްފަ އެވެ.

ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ވަނީ މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށްފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ދެވަނަ ބޮޑު ހަނގުރާމަ ފެށުނު ސަބަބުތަކުގެ ތެރޭގައި ވެސް ވަނީ މިފަދަ ވިޔަފާރީގެ ހަނގުރާމައެއް ކަމަށެވެ. މިއީ މި މައްސަލައިގެ ނުރައްކާތެރިކަން ދައްކުވައިދޭ ކަމެކެވެ.

މިފަދަ ހާލަތެއް ދުނިޔެއަށް ދިމާވި އެންމެ ފަހުގެ ވަގުތަކީ 1930 ގެ އަހަރުތަކުގަ. އޭރު ވިޔަފާރީގެ ހަނގުރާމަތައް ބޮޑުވެ، އަސްކަރީ ޖެހުންތަކަކަށް ބަދަލުވެ، އެންމެ ފަހުން ދެވަނަ ބޮޑު ހަނގުރާމައަށް ވާސިލުވި. ކުރިއަށް އޮތް މަސްތަކުގައި ނުވަތަ އަހަރުގައި މިހާރު މިއޮތް ހާލަތު ކިހިނެއް ބަދަލުވެގެންދާނެކަމެއް ޔަޤީންކަމާއެކު ބުނެވޭކަށް ނެތް. ނަމަވެސް، ދުނިޔޭގައި އުފެދެމުންދާ ނުރައްކާތަކާމެދު ސާފުކޮށް ވިސްނަން އެބަޖެހޭ. ދުނިޔޭގެ މުއައްސަސާތައް ދަނީ ބަލިކަށިވަމުން. ބައިނަލްއަޤްވާމީ އާދަކާދަތައް ދަނީ ނެތެމުން. މިހާލަތުގައި ގިނަ ޤައުމުތަކުން އަމަލުކުރަމުންދާނީ ވިސްނުން ހަނިކޮށް، އަމިއްލަ މަޞްލަހަތުތަކަށް ބިނާކޮށްގެން. އަދި އެ ޤައުމުތަކުގެ ބޭނުންތައް ހާސިލުކުރުމަށް ބާރާއި ނުފޫޒު ބޭނުންކުރާނެ. މިއީ މިއަދުގެ ދުނިޔޭގެ ހަރުކަށި ހަގީގަތް
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހްސިއެން ލޫންގް

އޭނާ އިތުރަށް ވިދާޅުވިގޮތުގައި، ސިންގަޕޫރުން ރެސިޕްރޮކަލް ޓެރިފްއެއް އެމެރިކާއާ ދެކޮޅަށް ނުނެރުނަސް، އެހެން ގައުމުތަކުން އެފަދައިން އަމަލު ނުކޮށެއް ނުހުންނާނެ އެވެ. އަދި މިފަދައިން ހުރިހާ ގައުމެއް އަމަލުކުރަންވެއްޖެނަމަ، ދުނިޔޭގެ އިކޮނޮމީ އަމާންކަން މަތީ ދެމެހެއްޓުމަށްޓަކައި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ކަނޑައަޅާފައިވާ އުސޫލުތައް ދެމިނުހުންނާނެ ކަމަށާއި، އޭގެ ސަބަބުން ދެން ނިކުންނަ ނަތީޖާއެއް އަންދާޒާކުރަން ވެސް ދަތިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ވިޔަފާރި ނިޒާމުގެ މުސްތަގުބަލާމެދު އެގައުމުގެ އާންމު ރައްޔިތުންވެސް ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، އެމެރިކާއިން، އެ އޯގަނައިޒޭޝަނެއް ގާއިމްކުރުމުގައި އެންމެ އިސް އެއް ރޯލު އަދާކޮށްދީފައިވާ ޑަބްލިއުޓީއޯ ޖަމްއިއްޔާއާ ގުޅުނުއިރު ވެފައިވާ އެއްބަސްވުމާ ޚިލާފަށް މި ޓެރިފްތައް ތަޢާރަފުކޮށްފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ޓްރަމްޕްގެ ޕްލޭންތަކުގެ ދަށުން، އެމެރިކާގެ ޓެރިފްތައް ދެމިހުރުމާއި ނެތުމުގެ ޔަގީންކަމެއް ނެތެވެ. މިފަދަ ޔަގީންކަން ނެތުމުގެ ސަބަބުން ވިޔަފާރީގެ މިންވަރު ދަށްވެ، ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

ދުރު މުސްތަގުބަލުގައި، އެހެން ގައުމުތަކުން އެމެރިކާގެ މާކެޓަށް ބަރޯސާވާ މިންވަރު ދަށްކޮށްފާނެކަމަށް ބެލެވެ އެވެ. މިސާލަކަށް، މިހާރުވެސް ކެނެޑާއާ ޗައިނާގެ އިތުރުން އިންޑިއާއިން ވެސް ވަނީ އެމެރިކާ ނޫން އެހެން ގައުމުތަކަށް ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކުރަން ފަށައިފަ އެވެ. އަދި އެހެން ގައުމުތަކުން ވެސް މިފަދަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

ނަމަވެސް، ދުނިޔޭގެ ވިޔަފާރި ނިޒާމު މުޅިން ބަދަލުވެގެން ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ގިނަ ގައުމުތަކުން ޑަބްލިއުއެޗްއޯގެ ގަވާއިދުތަކަށް ތަބާވުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. މީގެ ސަބަބަކީ މި ނިޒާމު ނެތި ދުނިޔޭގެ އިގްތިސާދު މާ ދެރަވާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. އަދި މުސްތަގުބަލުގައި އެމެރިކާ އަލުން ޑަބްލިއުއެޗްއޯގެ ގަވާއިދުތަކަށް ތަބާވުމުގެ ފުރުސަތު ހުޅުވިފައި ބޭއްވުމަށްޓަކައި ވެސް މެ އެވެ.

ދުނިޔޭގެ ވިޔަފާރި ނިޒާމުގެ މުސްތަގުބަލާމެދު ވިސްނާއިރު، މުހިންމު ސުވާލަކީ އެމެރިކާއިން ޓެރިފްތަކާ ގުޅޭ އެއްބަސްވުންތަކާ ހިލާފުވުމާއި، އެހެން ގައުމުތަކުން އެކަމަށް ރައްދު ދިނުން ހަމައެކަނި އެމެރިކާއާއެކު ކުރެވޭ ވިޔަފާރިއަށް އަސަރުކުރާ މިންވަރަށް ހިފެހެއްޓޭނެތޯ އެވެ. ނުވަތަ މިކަމުގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރި ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެތޯ އެވެ.