ދުނިޔޭގެ ހަތް އަޖާއިބުގެ ތެރޭގައި ހިމެނޭ މިސްރުގެ މަޝްހޫރު ދަ ގްރޭޓް ޕިރަމިޑް އޮފް ގިޒާގެ ތެރެއިން ފުރަތަމަ ފަހަރަށް 30 ފޫޓުގެ ދިގު މަގެއް ފެނިއްޖެ އެވެ.

2016 ވަނަ އަހަރު އެ އަހުރާމުގެ ތެރެއިން އެފަދަ އިތުރު މަގެއްގެ ކޮޅު ފެނުނު ނަމަވެސް އާސާރުތަކަށް ގެއްލުމެއް ލިބިދާނެތީ އެ މަގު ކޮނެފައެއް ނުވެ އެވެ.

އެންޑޯސްކޮޕީ ކެމެރާއާއި ކޮސްމިކް ރޭޑިއޮގްރަފީ ބޭނުންކޮށްގެން ސައިންސްވެރިން ކުރި މަސައްކަތުން ފުރަތަމަ ފަހަރަށް މިވަނީ އެ މަގުގެ މެޕެއް ދެނެގަނެވިފަ އެވެ.

ދިގުމިނުގައި 30 ފޫޓު ހުރި އެ މަގުގެ ފުޅާ މިނަކީ 7 ފޫޓު ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. އަދި މި މަގަކީ މީގެ ކުރިން ފެނިފައިނުވާ އަހުރާމުގެ ބަޔަކަށް ވަދެވޭ މަގެއް ކަމަށް ވެސް ސައިންސްވެރިން ލަފާ ކޮށްފައިވެ އެވެ.

https://www.youtube.com/watch?si=Hn5kcNUjp4Bc3bes&embeds_referring_euri=https%3A%2F%2Fwww.hurihaa.mv%2F&source_ve_path=Mjg2NjQsMTY0NTA2&v=yLTMQ9re10k&feature=youtu.be

އުސްމިނުގައި 479 ފޫޓު ހުންނަ މިސްރުގެ އެ އިހުރާމުތަކަކީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2550 އަހަރު ކުރިން ރަސްމަތިފުށުގެ ބޭބޭފުޅުން ފަސްދާނުލާން އިމާރާތް ކުރެވުނު އަހުރާމުތަކެއްކަން ސައިންސްގެ ހޯދުންތަކުން އެނގިފައިވެ އެވެ.

1889 ވަނަ އަހަރު ފްރާންސްގެ ޕެރިސްގައި އިމާރާތް ކުރެވުނު އެއިފަލް ޓަވަރު އިމާރާތް ކޮށް ނިމެންދެން މި އަހުރާމުތަކަކީ ދުނިޔޭގައި އޭރު ހުރި އެންމެ އުސް ބިނާ ތަކެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އަލަށް މި ފެނުނު މަގުގެ ސަބަބުން އަހުރާމުތަކާ ބެހޭ އިތުރު މައުލޫމާތުތައް ހޯދަން ފަސޭހަވެގެންދާނެ އެވެ.

މި ހޯދުމަކީ ފާއިތުވި ހަތް އަހަން ފެށިގެން ކުރިއަށް ގެންދާ ދަ ސްކޭން ޕިރަމިޑް ކެމްޕެއިންގެ ދަށުން ސައިންސްވެރިންނަށް ހޯދުނު ހޯދުމެކެވެ.