1. ޝަނާގެ ވީޑިއޯތައް ކޮންވެމެސް ވަރަކަށް ފެނިފަ ހުރީ. ކުޑަ އިންޓްރޮޑަކްޝަންއެއް ދެވިދާނެތަ؟
ޖަވާބު: ޝަނާއަކީ އަސްލު ސްމޯލް ބިޒްނަސް އޯނާއެއް. ލިބޭ ހުސްވަގުތުގަ ޓިކްޓޮކް ރިވިއު ހަދާލާ އުޅެން. ކްރިއޭޓިވިޓީއަށް ލޯބިކުރާ މީހެކޭ ބުނެވިދާނެ.
2. އަސްލު ކީއްވެ ޓިކްޓޮކް/ ރީލްސް ހަދަން ފެށީ؟
ޖަވާބު: ފުރަތަމަ ޓިކްޓޮކަށް އަރަން ވެސް ފެށީ ފިރިމީހާއާ އެއްކޮށް. އޭރު ވަރަށް ލަދުވެސް ގަނޭ. ތަންކޮޅެއް މަޑުން އިނދެވެނީ ވީޑިއޯސްގަ އެކަމު މީހުން ވަރަށް ބަލައިގަންނަކަން އެނގުމުން ކޮންފިޑެންޓްވީ އަމިއްލަ ޓިކްޓޮކް ރިވިއުސް ހަދަން. ދެން ފުރަތަމަ ހެދި ރިވިއުއިން ޕޮސިޓިވް ފީޑްބެކް އައިސް ކުދިން ބުނަން ފެށީ ވަރަށް އިންސްޕަޔާވޭ މި ވެނި އެއްޗެއް ގަންނަން ރިވިއުގެ ސަބަބުން. އެހެންވެ ބޮޑަށް މޯޓިވޭޓްވީ.
3. ކޮންކަހަލަ ޕްރޮޑަކްޓެއް އެންމެ ރިވިއު ކުރާ ހިތްވަނީ؟
ޖަވާބު: އެންމެ ބޮޑަށް ރިވިއުކުރާ ހިތްވަނީ ފެޝަން އަދި ބިއުޓީ ޕްރޮޑަކްޓްސް. ފުޑްވެސް ރިވިއުކުރާ ހިތްވޭ ފުޑް ލަވާއަކަށް ވީމަ
4. މިހާތަނަށް ހެދުނު އެންމެ ހިތްހަމަ ޖެހޭ ރިވިއުއަކީ ކޮބާ؟
ޖަވާބު: ޖުވެލެރީ ބޮކްސްއެއްގެ ރިވިއު. އެންމެ ފުރަތަމަ އެކަނި ހެދި ރިވިއު. ލިބުނު ސަޕޯޓުން ވަރަށް ސަޕްރައިޒްވި. އެހެންވެ އެ ރިވިއުވީ ފޭވަރިޓަކަށް އަދި މޯޓިވޭޝަން އަކަށް
5. ކަމުނުދާ ޕްރޮޑަކްޓެއް ރިވިއުކުރަން ޖެހުނުތަ؟
ޖަވާބު: އެއް ފަހަރު ފިރިމީހާއާ އެއްކޮށް ރިވިއުކުރި ކާއެއްޗެއް ކާން ވަރަށް އުނދަގޫވި. ވަރަށް ކުޅިކަމުން. އަސްލު ވަރަށް ކުޅިކޮށްކަން. ކޮރިއަން ނޫޑްލްސްވެސް ކާލެވޭ. އެކަމު އޭތި މާކުޅި ކެވޭ ވަރަށް ވުރެއް. ހޮނެސްޓް ރިވިއުއެއް ދިނިން.
6. ޓިކްޓޮކް ހަދަން ފެށިފަހުން ލައިފް/ މައިންޑްސެޓަށް ވަރަށް ބޮޑު ބަދަލެއް އައިތަ؟
ޖަވާބު: ތަންކޮޅެއް އޯޕަން މައިންޑެޑް ވެފަ އަދި އެހެން ކުދިންގެ ރިވިއުސް އަދި ވީޑިއޯ އިތުރަށް އެޕްރިޝިއޭޓް ކުރެވެން ފެށުން. އިހުސާސް ކުރެވުން އެއީ އެކުދިންގެ ވަރަށް ޑެޑިކޭޝަން އަދި ޓައިމްއޭ.
7. އެންމެ ކޮލާބޮރޭޓް ކުރާ ހިތްވަނީ ކޮން ކަހަލަ ބިޒްނަސްއަކާ އެއްކޮށް؟
ޖަވާބު: ވަރަށް ކުރާހިތްވޭ ސެންޓު ވިޔަފާރިއަކާ އެއްކޮށް. ތަފާތު ސެންޓުތަކަށް އަދި ވަހަށް ޝައުގުވެރިކަން ހުރޭ.
8. އަމިއްލަ ވިޔަފާރިއެއް ވެސް ކުރަންދޯ. ކޮން ކަހަލަ ވިޔަފާރިއެއް އެއީ؟
ޖަވާބު: އެއީ ކްރާފްޓް ބިޒްނަސްއެއް. ވެޑިން އެސެސަރީ ހަދަނީ ބްރައިޑަލް ބުކޭ އަދި ވެޑިން މަހްރް ކަހަލަ. ލިބޭ ފްރީ ޓައިމް އަސްލު ޔޫސްކުރަނީ ޓިކްޓޮކް ރިވިއު ހަދާލަން.
9. ޝަނާގެ ޑްރީމް ޓްރެވަލް ޑެސްޓިނޭޝަން އަކީ ކޮބާ؟
ޖަވާބު: ޝަނާ ވަރަށް ބާލީއަށް ދާ ހިތްވޭ. އިންޝާ..... ވަރަށް އަވަހަށް ދާނަން.
10. ޝަނާއަށް އެންމެ ސަޕޯޓް ލިބެނީ ކާކުގެ ފަރާތުން؟
ޖަވާބު: ފިރިމީހާއާ މައިންބަފައިންގެ ފަރާތުން އަދި އާއިލާގެ ފަރާތުން ވަރަށް ސަޕޯޓް ލިބޭ. އަދި ބައެއް ފަހަރު ނުވެސް ދަންނަ ކުދިން ,މަގުމަތިން އައިސް ބުނެލާ ކޮންޕްލިމެންޓްއިން ވަރަށް އުފާވޭ. އެއީ ވެސް ސަޕޯޓްއެއް ގޮތުގަ ބަލައިގަންނަން.