މިދިޔަ އަހަރުގެ ނޮވެންބަރު މަހާއި ހަމައަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި އެވެ.
މީރާއިން ނަން އާންމުކޮށްފައިވާ ފަރާތްތަކަކީ މިދިޔަ ނޮވެންބަރު މަހާ ހަމައަށް އެ އިދާރާ އަށް ދައްކަން ޖެހޭ ޖީއެސްޓީގެ އަދަދު 600،000 އަށް ވުރެ މަތި ފަރާތްތަކެވެ.
މި ހުރިހާ ފަރާތްތައް ދައްކަން ޖެހޭ ޖުމްލަ އަދަދު މަދުވެގެން 87.6 މިލިޔަން ރުފިޔާއަށް އަރަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މީރާއިން އާއްމުކުރި މި ލިސްޓުގައި ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ ކުންފުނިތަކާއި މަޝްހޫރު އުޅަނދު ވިއްކާ ވިޔަފާރިތައް ވެސް ހިމެނެ އެވެ.
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ފިލްމު ޖަމިއްޔާއަށް ރަންވީރު ގާނޫނީ ނޯޓިސް ފޮނުވައިފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުﷲ އިން ބަލައިނުގަތް