ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ބަތަލާ ކަމަށްވާ ކަރިޝްމާ ކަޕޫރުއަކީ ގިނަ ގުނަ އެތައް ހިޓް ފިލްމުތަކެއް މަސައްކަތް ކޮށްފައިވާ ތަރިއެކެވެ.

"ކޫލީ ނަންބަރު 1" އަދި "ދިލް ތޯ ޕާގަލް ހޭ" ފަދަ މަޝްހޫރު އެތައް ފިލްމުތަކުން އޭނާ ވަނީ ފެނިފަ އެވެ. ނަމަވެސް އޭނާއަކީ ބޮލީވުޑްގެ ނަން މަޝްހޫރު އެތަކެއް ފިލްމުތަކެއް ގަބޫލު ނުކޮށް ދޫކޮށްލި ފަންނާނެއް ވެސްމެ އެވެ.

އިޝްގް

1997 ވަނަ އަހަރު ނެރުނު ފިލްމު "އިޝްގު" ގައި ކާޖަލް އާއި ޖޫހީ ޗަވްލާ ވަރުގަދަ ހަދާނީ ރޯލަކުން ފެނިގެން ގޮސްފައިވީ ނަމަވެސް މި ފިލްމުގެ ލީޑުރޯލް ކުޅުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ކަރިޝްމާ ކަޕޫރު އެވެ. މަދޫ ސަކްސޭނާގެ ރޯލް އޭނާ ކުޅުމަށް ހަމަޖެހިފައިވީ ނަަމަވެސް ފަހުން އެބައި ކުޅެފައިވަނީ ޖޫހީ ޗާވްލާ އެވެ.

ޖުދާއީ

ސްރިދޭވީއާ އުރުމީލާ މަޓޮންކަރު 1997 ވަނަ އަހަރު ކުޅުނު ފިލްމު "ޖުދާއ" ގައި ދެއްކި މޮޅު އެކްޓިންއަކީ ފާހަގަކޮށްލެވޭ މީހުންގެ މަގުބޫލުކަން ހޯދި ރޯލްތަކެކެވެ. ނަމަވެސް އުރުމީލާއަކީ މިރޯލްއަށް ޑައިރެކްޓަރުންގެ ފުރަތަމަ ޗޮއިސްއެއް ނޫނެވެ. މި ރޯލް ކަރިޝްމާއަށް ހުށަހެޅުމުން އޭނާ ވަނީ މިކަމަށް ދެކޮޅު ހަދާފަ އެވެ.

ކުޗް ކުޗް ހޯތާހޭ

ސުޕަހިޓް ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަށް ރާނީ މުކަރުޖީ ކާސްޓްކުރުމުގެ ކުރިން ޑައިރެކްޓަރު ކަރަން ޖޯހަރު ބޭނުންވީ ޝާހުރުކް ޚާންއާއެކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޓުވިންކަލް ހަންނާ ފެނިގެން ކާސްޓް ކުރާށެވެ. ޓުވިލްކަލް އެ ރޯލު ކުޅުމަށް އިންކާރު ކުރުމުން ކަރަން ވަނީ އުރުމީލާ މަޓޮންކަރު، ތަބޫ، ރަވީނާ ޓަންޑަން އަދި ކަރިޝްމާއަށް ވެސް މި ރޯލް ހުށަހަޅައިފަ އެވެ. ކަރިޝްމާ މި ރޯލްއަށް ނޫނެކޭ ބުނި ސަބަބެއް ނޭނގެ އެވެ.

އަސޯކާ

ރިޕޯޓްތައް ބުނާގޮތުގައި ޝާޚުުރުކް ޚާން ފިލްމު އަޝޯކާގެ މުހިއްމު ރޯލެއް ކަމަށްވާ ކުވަރުވަކީ ގެ ރޯލަށް ނަގަން ބޭނުންވީ އައިޝްވާރިޔާ ރާއި ބައްޗަން އެވެ. ނަމަވެސް ފިލްމު ހެދި ފަރާތުން އާ ޖޯޑެއް ދެއްކުމަށް ބޭނުންވާތީ ކަރިޝްމާއަށް މި ރޯލް ހުށަހެޅި އެވެ. ކަރިޝްމާ މި ރޯލް އިންކާރު ކުރިއިރު، މި ރޯލް ކުޅެން ލިިބިފައިވަނީ އޭނާގެ ކޮއްކޮ ކަރީނާއަށެވެ.