ފަހަކަށް އައިސް އެސްޓީއޯއަށް ބޭސްތައް ނުގެނެވިގެން ރާއްޖޭގައި ގިނަ ބޭސްތައް ނުލިބޭތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުން. އެގޮތުން ބޭސް ފިހާރަތަކުން ބޭސް ނުލިބުމާއި ބޭސް އަގުބޮޑުވުން ފަދަ މައްސަލަ ވަނީ އިންތިހާއަށް ކުރިމަތިވެފައި. މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ދިމާވި މައްސަލައެއް ނޫން.

ރާއްޖޭގައި ބޭނުންވާ އަސާސީ ބޭހުގެ 99 ޕަސެންޓް އެސްޓީއޯގެ ސަޕްލައި ނިޒާމުގެ ތެރެއިން އެތެރެކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފަހަކަށް އައިސް އެސްޓީއޯއަށް ބޭސްތައް ނުގެނެވިގެން ރާއްޖޭގައި ގިނަ ބޭސްތައް ނުލިބޭތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އެގޮތުން ބޭސް ފިހާރަތަކުން ބޭސް ނުލިބުމާއި ބޭސް އަގުބޮޑުވުން ފަދަ މައްސަލަ ވަނީ އިންތިހާއަށް ކުރިމަތިވެފަ އެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ދިމާވި މައްސަލައެއް ނޫނެވެ. ރައީސް މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ވިދާޅުވީ މިމަހުގެ 15 ގެ ކުރިން އެސްޓީއޯ އިން ހުރިހާ ބޭހެއް ގެންނާނެ ކަމަށެވެ.

ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. މިއާއެކު ބޭހުގެ މައްސަލަ ހައްލުވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުރިއާ ޚިލާފަށް އެސްޓީއޯގެ ބޭސް ބަލަހައްޓާ ޑިޕާޓްމަންޓުން ބޭސް ސަޕްލައި ކުރާ ފަރާތްތަކާ ގުޅިގެން ލިސްޓުތައް ތަރުތީބުކޮށް ބަލަމުން ދަނީ އަޅުގަނޑުމެންނަށް ގެނެވޭ ބޭސްތައް. ރާއްޖޭގެ އެސެންޝިއަލް މެޑިސިން ލިސްޓުގައި 480 އެއްހާ ބޭސް އެބަ ހިމެނޭ. މިހާރު އަޅުގަނޑުމެން ކަށަވަރުކޮށްފިން އަދި މީގެ 99 އިންސައްތަ އެސްޓީއޯ ނިޒާމުގެ ތެރެއިން އެތެރެކޮށްފިން،" ނާޒިމް ވިދާޅުވި އެވެ.

މިހާރު ކުރިއާ ޚިލާފަށް އެސްޓީއޯގެ ބޭސް ބަލަހައްޓާ ޑިޕާޓްމަންޓުން ބޭސް ސަޕްލައި ކުރާ ފަރާތްތަކާ ގުޅިގެން ލިސްޓުތައް ތަރުތީބުކޮށް ބަލަމުން ދަނީ އަޅުގަނޑުމެންނަށް ގެނެވޭ ބޭސްތައް. ރާއްޖޭގެ އެސެންޝިއަލް މެޑިސިން ލިސްޓުގައި 480 އެއްހާ ބޭސް އެބަ ހިމެނޭ. މިހާރު އަޅުގަނޑުމެން ކަށަވަރުކޮށްފިން އަދި މީގެ 99 އިންސައްތަ އެސްޓީއޯ ނިޒާމުގެ ތެރެއިން އެތެރެކޮށްފިން،
ހެލްތު މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެޕްރޫވްޑް ކޮންޓްރޯލް ޑްރަގް ލިސްޓުގައި ހިމެނޭ ބައެއް ބޭސް މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށާއި އަނެއްބައި ބޭސް ރާއްޖެ އައުމުގެ މަގުމަތީގައި އުޅޭ ކަމަށެވެ.

"ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި މިއުޅޭނީ ގާތް ގަނޑަކަށް 5،000 އެއްހާ ބޭސް އެބަ ހިމެނޭ. އެއީ އެއްބްރޭންޑްގެ ތަފާތު ބޭސް ހިމެނޭ ގޮތަށް. އެކި ޑޯސް ބޭސް އެބަހިމެނޭ. ގާތްގަނޑަކަށް 1،300 ބޭސް މިއުޅެނީ. މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެސްޓީއޯގެ ނިޒާމުގެ ތެރެއިިން އެކަނި 1،200 ބޭސް ގެނައުމަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޭސް ނުލިބޭ މައްސަލައަށް އޮތް އެންމެ މުހިންމު ހައްލަކީ އެސްޓީއޯގެ ސަޕްލައި އިތުރުކޮށް ހަރުދަނާކުރުން ކަމަށެވެ. އަދި އާސަންދަ ރިފޯމްކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައި ބައެއް ބޭސްތަކަށް ކޮންޓްރޯލް އަގު ލެވިގެން ދިޔަ ކަމަށެވެ. މިއީ މާކެޓުގައި ބޭސް މަދުވުމަށް ދިމާވި ސަބަބެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ވެސް މަޝްވަރާކޮށް ހައްލު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުން އެންމެ ގިނައިން ދައްކާ ވާހަކައަކީ ބައެއް ބޭސްތަކުގެ އަގުބޮޑު ވާހަކައާއި އޭގެ ޕްރޮފިޓް މާޖިން އިންތިހާއަށް ބޮޑު ވާހަކަ. ބޭހުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެސްޓީއޯ ބޭސް ސަޕްލައި ހަރުދާ ކުރުން،" ނާޒިމް ވިދާޅުވި އެވެ.