އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން ފެނިގެންދާ ފިލްމު "ސިތާރޭ ޒަމީން ޕަރް"ގައި އޭނާ ފެނިގެންދާނީ މުޅިން ތަފާތު ރޯލަކުން ކަމަށް އާމިރު ބުނެފި އެވެ.

އެ ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން އާމިރު ބުނީ އެ ފިލްމުގައި އޭނާ ފެންނާނީ މީގެ ކުރިން ދުވަހަކުވެސް ބެލުންތެރިންނަށް ނުފެންނަ ފަދަ ރޯލަކުން ކަމަށެވެ.

އެގޮތުން އޭނާގެ ރޯލަކީ ވަރަށް ނުފޫޒުގަދަ އާދަޔާ ހިލާފު ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކޮންމެވެސް ވަރަކަށް ނެގެޓިވް ކެރެކްޓަރެއް ކަމަށް އާމިރު ބުންޏެވެ.

އާމިރުގެ ކެރިއަރުގައި މިހާތަނަށް ބެލުންތެރިންނަށް ފެނިފައިވަނީ މުޅިން ވެސް ލޯބީގެ ނުވަތަ އިޖުތިމާއީ ފިލްމުތަކުގައި ޕޮޒިޓިވް ކެެރެޓްޓަރު ތަކުންނެވެ.

އާމިރުގެ އިތުރުން ޖެނީލިއާ ދޭޝްމުކް ފެނިގެންދާ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށް ބޮލީވުޑް ހަބަރުތަކުން ބުނެ އެވެ.

"ސިތާރޭ ޒަމީން ޕަރް"އަކީ 2007 ވަނަ އަހަރު ރިލީޒް ކުރެވުނު ކާމިޔާބު ފިލްމު "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލް އެކެވެ. އެހެން ނަމަވެސް ކުރީގެ ފިލްމުން ފެނިގެންދިޔަ އެހެން ތަރިން މިފަހަރުގެ ފިލްމުން ފެންނާނެ ކަމެއް ޔަގީނެއް ނޫނެވެ.