ހުޅުމާލެއިން ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި އެޗްޑީސީގެ ކުރީގެ މުވައްޒަފެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައި ވަނީ މ. ސީވިންޑް، ފުތިހަ ޝާކިރުގެ މައްޗަށެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ކުރިން ހުރި ފުތިހަ ޝާކިރު 2022 ވަނަ އަހަރު ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ތައްޔާރުކޮށް، އެ ސްލިޕްތައް ބޭނުން ކޮށްގެން އަމިއްލަ މީހެއްގެ އަތުން 550،000ރ. ހޯދާފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.
އެހެންކަމުން ފުތިހަ ޝާކިރުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.. އަދި އޮޅުވާލައިގެން އޭނާ ހޯދި 550،000ރ. އަނބުރާ ހޯދައި ދިނުމަށް ވެސް އެދިފައިވެއެވެ.