މެލޭޝިއާގައި ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދޭނެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ސަރުކާރުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިދަތުރުފުޅުގައި ދިވެހިންނަށް ދަތިވާ ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި މިގޮތުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ކަންކަން ފަހި ކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިދަތުރުގެ ތެރެއިން އެ ތަނުގެ ވެރިންނާއެކު ރަސްމީ ބައްދަލުވުންތައް ކުރިއަށްދާނެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންނަށް މެލޭޝިއާގައި ތިބެގެން ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓްކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރެވެންހުރި ދާއިރާތަކުގެ މައުލޫމާތު ވެސް މެލޭޝިއާގެ އިންވެސްޓަރުންނަށް މިދަތުރުފުޅުގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށެވެ.
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި