މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓިފައި އޮއްވައި މި މަހުގެ 18 ވަނަ ދުވަހު ފެނުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން އެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒާ މިރޭ ހިއްސާކުރައްވައިފި އެވެ.

ޔުމްނުއަށް މިހާރު ފަރުވާދެމުން ދަނީ މެލޭޝިޔާގެ ހޮސްޕިޓަލެއްގަ އެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން ރައީސް މުއިއްޒާ ބައްދަލުކުރެއްވީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ގާތްގަނޑަކަށް ސާޅީސް މިނިޓަށް ސީދާ ރައީސް މުއިއްޒާ އެކު ބޭއްވި "ވަން ޓު ވަން" ބައްދަލުވުމުގައި އާއިލާއިން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ޔުމްނު އާއި ރައުދު އަހްމަދު ޒިލާލް ގައިގޯޅިވެ އުޅުނު މަންޒަރު ހިމެނޭ ސީސީޓީވީ ފްޓޭޖް އާންމުކުރުމުންނެވެ.

ރައީސް މުއިއްޒަށްފަހު އާއިލާއިން ވަނީ ރައީސް މުއިއްޒާ ވެސް ބައްދަލުކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފަ އެވެ. އެ ކޮމިޝަނުގައި ތިއްބަވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސްފޯސް އަހްމަދު މުހައްމަދާއި ޑޮކްޓަރ މޫސާ މުރާދު، އާއި ތ. ވޭމަންޑޫ، މޫނިމާގެ، ޖަބީން މުޙައްމަދު އާއި އެޗްއާރްސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް އެވެ.