އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރިޔަށް ދިޔަ ހަނގުރާމައިގެ ހަބަރުތައް އިންޑިއާގެ މީޑިއާތަކުން ގެނެސްދިން ގޮތުން އިންޑިއާގެ މީޑިއާއަށް ސޮނާކްޝީ ސިންހާ ފާޑުކިޔައިފި އެވެ.
ސޮނާކްޝީގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ އިންޑިއާގެ މީޑިއާތަކުން ހާލަތު ނާޖާއިޒު ފައިދާ ނަގަމުން އަންނަ ކަމަށެވެ. އެގޮތުން ހަނގުރާމައިގެ ހަބަރުތައް ގެނެސްދޭއިރު ހާލަތާ ނުގުޅޭ މިއުޒިކާއި އަޑު ގެނެސްދޭތީ ޓީވީ ޗެނަލްތަކަށް އޭނާ ފާޑުކިޔާފައިވެ އެވެ.
އެއާއެކު އެންމެ ފަހުގެ ހަބަރުތައް އެއްވެސް އުނި އިތުރެއް ނެތި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވެސް އިންޑިއާގެ މީޑިއާތަކަށް ސޮނާކްޝީ ގޮވާލާފައިވެ އެވެ.
ސޮނާކްޝީ މިހެން ބުނެފައި މިވަނީ ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތައް ވަގުތުން ނުގެނެސްދިނުމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން މީޑިއާތަކަށް އަންގާފައި ވަނިކޮށެވެ.
ސޮނާކްޝީގެ މި ޕޯސްޓާއެކު ގިނަ ބަޔަކު ދަނީ އެއީ ތެދެއް ކަމަށް ބުނެ މީޑިއާއަށް ކޮންމެ ކަމެއް ވެސް ވަނީ މާކެޓިން އުކުޅަކަށް ކަމަށް ބުނަމުންނެވެ.
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާދެއްވަން ނިންމަވައިފި
8 އަހަރުގެ މެދުކެނޑުމަކަށްފަހު ޖޮނީ އެނބުރި ހޮލީވުޑަށް!