މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި އެވެ.
މިގޮތުން މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. މި ސަރަހައްދަށް މިއަދު ހެނދުނު 9:45 އިން ފެށިގެން މިއަދު މެންދުރުފަހު 3:30 އާ ހަމައަށް ސަމާލު ވަނީ ނެރެފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެ އެވެ.
މިއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވުމާއެކު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އެދިފަ އެވެ.
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!