އޮޅުހިޔާގައި ގެންގުޅޭ ބުޅަލުގެ އަދަދަށް ވުރެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސިޔާސީ މުއައްޒަފުންގެ އަދަދު ގިނަކަން މިއަދު ހާމަ ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މިވަގުތު އޮޅުހިޔާގައި ގެންގުޅެނީ 30 ބުޅާ ކަމަށެވެ. ހަމައެއާއެކު މިވަގުތު އެ މިނިސްޓްރީގައި 48 ސިޔާސީ މުއައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑުމެންގެ އޮޅުހިޔާ ފެސިލިޓީގައި 30 ބުޅާ އެބައުޅޭ އިނގޭތޯ. ދެން އަނެއް ސުވާލަކީ ކިތައް ޕޮލިޓިކަލް އެޕޮއިންޓީސް ތޯ ދެއްތޯ؟ 48 އިނގޭތޯ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މި އަދަދު މިނިސްޓަރު މާރިޔާ ހާމަކުރައްވާފައިވާއިރު، ސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ އަދަދު ސަރުކާރުން ހާމަނުކުރާތީ ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށްވީ ނަމަވެސް އެއަށް ވުރެ ސިޔާސީ މުއައްޒަފުންގެ އަދަދު އިތުރުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ލަފާކުރެ އެވެ.
ހުރިހާ ރަށެއްގެ ގޮނޑުދޮށަށް ޖަހާ ރާޅު ގުނާ މިނިސްޓްރީ އެއް ހަދާފަ އެމިނިސްޓްރީ އަށް ކޮންމެ ރަށަކަށް 25 މީހުންލައްވާ
ރިޕްލައި