މިއީ މިހާރަކަށް އައިސް ދުނިޔޭގެ އެކި ހިސާބުތަކުގައި އާއްމު ވަމުން އަންނަ ކަމެކެވެ. ކާނާ ބޭނުން ނުކޮށް ހުސް އެކަނި ފެނުގެ އެހީގައި ބަރުދަން ލުއިކުރުން ނުވަތަ "ވޯޓާ ފާސްޓިން" އަކީ ގިނަ ބަޔަކު ބަރުދަން ލުއި ކުރުމަށް މިހާރު ބޭނުންކުރާ އުކުޅެކެވެ.

ވޯޓާ ފާސްޓިން އަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ސައިންސުން ވަނީ ސާބިތުވެފަ އެވެ. ނަސީބު ދެރަ ބައެއް މީހުންނަށް ވަރަށް ދެރަ ގޮތްތައް ވަނީ ވެފަ އެވެ. ބައެއް މީހުން މަރު ވެސް ވެފައިވެ އެވެ.

ހަށިގަނޑަށް އެންމެ މުހިއްމު މާއްދާއަކީ ފެނެވެ. މާ ހަށިގަނޑު އުފެދި ތަރުތީބުވެފައި ވަނީ މިނެރަލް އާއި ވިޓަމިންގެ ވަކި ނިސްބަތަކުންނެވެ. އެ ނިސްބަތަށް ލޮޅުމެއް އަރައި އުނިވެއްޖެ ނަމަ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އާދެ އެވެ..

ކުއްލިއަކަށް ބަރުދަން ލުއިކުރަން ހިފުމުން ހަށިގަނޑުގެ ބެލެންސް ގެއްލުން އެކަށީގެން ވެ އެވެ. މޭ، ހިތް އަދި ކިޑްނީއަށް އެ ގުނަވަންތަކުގެ ވަޒީފާ ގެއްލި ހޯމޯންތައް ބެލެންސުން ކެޓުން އެކަށީގެންވެ އެވެ. "ކްރޭޝް ޑައިޓް" އަކީ ކިޑްނީގައި ހިލަ އުފެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ހަމައެކަނި ފެން ބޮއިގެން ހުރުމުގެ ބޭނުމަކީ ހަށިގަނޑުން ސަރުބީ މަދުކުރުން ކަމަށް ވާ ނަމަ، އެއީ އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތް ނޫނެވެ.

އެހާ ދުވަސް ވަންދެން އެއްޗެއް ނުކައި ހުރުމުން ގެއްލިގެން ދާނީ ހަމައެކަނި ސަރުބީއެއް ނޫނެވެ. ހަށިގަނޑުގެ މަސްތައް ވެސް ވިރުން އެކަށީގެން ވެ އެވެ.

ހަށިގަނޑުގެ ސިފަ ނުގެއްލޭ ގޮތަށް ހިކެން ބޭނުންވާ ނަމަ "ނިއުޓްރިޝަނިސްޓް"އެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ. އެ ނޫންގޮތަކަށް އެކަން ކޮށްފިނަމަ އެކަމުގެ ނަތީޖާ ހިތިވެދާނެ އެވެ.