މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.
މިގޮތުން އިމިގްރޭޝަނުންގެ އޮފިސަރުން ބޮޑީ ކެމެރާގެ ބޭނުން ފުރަތަމަ ފަހަރަށް ކޮށްފައިވަނީ އިއްޔެ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
މިގޮތުން މި އޮޕަރޭޝަނުގައި އެ އިދާރާގެ އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ފޭސް 1 ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށްފި
އެލްނީނޯއިން ކުރިމަތިވެދާނެ ގަދަ ހޫނަށް ތައްޔާރުވާން ގޮވާލައިފި
ގޮންޖެހުން ތަކާއެކު ވެސް ކާންޔޭގެ ކާމިޔާބު ކޮންސެޓެއް!