ދުނިޔޭގައި ފުރަތަމަ ފަހަރަށް ދިރިހުރި މީހެއްގެ ޖީން އެޑިޓްކޮށް އޭނާގެ ފުރާނަ ސަލާމަތްކޮށްފި އެވެ.

މި ކާމިޔާބީ ހޯދާފައިވަނީ އެމެރިކާގެ ސައިންޓިސްޓުންނެވެ. އެގޮތުން، މި ފަރުވާ ދީފައިވަނީ މަދުން ނޫނީ ނުފެންނަ ފަދަ ޖެނެޓިކް ބައްޔެއް ޖެހި، ނުރައްކާތެރި ހާލަތެއްގައި އޮތް ތުއްތު ކުއްޖަކަށެވެ. މި ބައްޔަކީ ހަށިގަނޑުގައި ނުރައްކާތެރި އަދަދަކަށް އެމޯނިއާ އުފައްދާ ބައްޔެކެވެ.

އެމެރިކާގެ އެކި ސައިންޓިސްޓުންނާއި ޑޮކްޓަރުން ގުޅިގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް އިން ވިވޯ ޖީން ތެރަޕީއެއް ތައްޔާރުކޮށްފައިވާއިރު، މި ފަރުވާ ތިން ފަހަރު ދިނުމުން، ކުޑަކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވެ އެވެ.

މި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުސްތަގުބަލުގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.

މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ އެމެރިކާގެ ޗިލްޑްްޑްރަންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިއާ، ޔުނިވާސިޓީ އޮފް ކެލިފޯނިއާ-ބާކްލީ އަދި ޕެން މެޑިސިން ފަދަ މުއައްސަސާތަކުގެ ސައިންޓިސްޓުންނާއި ޑޮކްޓަރުން ގުޅިގެންނެވެ.

މި ދިރާސާގެ ތަފްސީލު ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވެ އެވެ.