ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހްމަދު މެލޭޝިޔާގައި އަވަހާރަވެއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ޚިދުމަތް ޖަމިއްޔާގެ ވަފްދަކާއެކު މެލޭޝިޔާ އެއާޕޯޓަށް ވަޑައިގަތްތަނާ ޝައިޚް ފަރީދު ވެއްޓި ނޭވާލާން އުނދަގޫތަކެއް ކުރިމަތިވިއެވެ. އެއަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އަވަހާރަވެފަ އެވެ.

ޝައިޚް ފަރީދު މެލޭޝިޔާއަށް ވަޑައިގަތީ ދީނީ ދަރުހެއް ދެއްވުމަށެވެ.

ޝައިޚް ފަރީދަށް ދީނީ ނަސޭހަތް ދިނުމަށް ސަރުކާރުން ދީފައިވާ ހުއްދަ 2003 ވަނަ އަހަރު ބާތިލްވެސް ކޮށްފައިވެ އެވެ.

އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އޮގަސްޓު 12-13 ގައި ކުރި މުޒާހަރާތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވެސް ޝައިޚް ފަރީދުގެ މައްޗަށް އުފުލާފައިވެ އެވެ.

ޝައިޚް ފަރީދަކީ ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނެވި ބޭފުޅެކެވެ.

ޝައިޚް ފަރީދަކީ ގަތަރުން ދީނީ ރޮގުން މަތީ ތައުލީމް ހާސިލުކުރެއްވި ޝައިޚް ފަރީދަކީ ދެހާހުގެ ކުރީކޮޅު ދީނީ ރޮނގުން މީހުން ހޭލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

އެނގިފައިވާގޮތުގައި ޝައިޚް ފަރީދުގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.